ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރަށް ފެތިފައިވާ ސަފާރީ އުޅަނދު ނަގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުވައްމުލަކު ބަނދަރަށް ފެތިފައިވާ ސަފާރީ އުޅަނދު ނަގައިދޭނެ ފަރާތެއް ހޯދުން.

ފުވައްމުލަކު ބަނދަރުތެރެއަށް ފެތި ގިނަ ދުވަސްތަކެއް ވެފައިވާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ރަޖިސްޓަރީ  ނަންބަރު  C-1040A-02-10-T ސަފާރީ އުޅަނދު ފީވެހަލާކުވެގެން އުޅަނދުގެ ބައިތައް ވަކިވެ، ބަނދަރުގެ ތެރޭގައި އޮޔާދެމެމުންދާތީ، ބަނދަރުގެ ތުންފަތްމަތީގައި އަޅާފައިވާ ލަކުޑިބެރިއާއި، ބަނދަރުގެ ތެރޭގައިވާ އާންމު ރައްޔިތުންގެ އުޅަނދު ފަހަރަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، މިދެންނެވި ސަފާރީ އުޅަނދު ބަނދަރުން ނަގައި ނައްތައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު  (IUL)243-S01/INDIV/2015/4 އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި އުޅަނދު ނެގުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 25 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 30 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް  ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

13 ޝަޢުބާން 1437

19 މޭ 2016
ހޯދާ