ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ މަރުކަޒުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޒުވާނުންގެ މަރުކަޒުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މިރަށުގައި ޢިމާރާތްކުރަމުންދާ ޒުވާނުންގެ މަރުކަޒުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި ނަންބަރު 16/2015/393/393(IUL) (09 އެޕްރީލް 2015) އިޢުލާނުގައިވާ މަސައްކަތްތަކަށްވުރެ، އިތުރު މަސައްކަތް މި ފިޔަވަހީގައި ކުރުމަށް ބޭނުންވާތީ، އެ އިޢުލާން ބާޠިލުކޮށް، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން 2016 މޭ 30 ވަނަ ދުވަހުގެ 11.00 ގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބުތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 05 ދުވަހުގެ 11.00 ގައި މި އިދާރާގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދެއްގެ ބަދަލުގައި، އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780031 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 ޝަޢުބާން 1437

15 މޭ 2016
ހޯދާ