ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަލެކްޝަން ސާރވިސަސް އެސިސްޓަންޓް

މަޤާމް :ކަލެކްޝަން ސާރވިސަސް އެސިސްޓަންޓް
ބޭނުންވާ އަދަދު :1

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

މަޤާމު:

ކަލެކްޝަން ސާރވިސަސް އެސިސްޓަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސިސްޓަންޓް

މުސާރަ އާއި ޢިނާޔަތްތައް:

މަހަކު -/8,000 ރުފިޔާއާ -/12,000 ރުފިޔާއާ ދެމެދު އަދަދެއް (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ އޮފީސް:

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު:

01 (އެކެއް)

ޝަރުތު:

  1. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ  ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ  ގުޅުންހުރި ދާއިރާއަކުން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ވެމްކޯގެ ފަރާތުން މާލޭގެ ގޭބިސީތަކުން އުފައްދާ ކުނި ނެގުމުގެ މަސައްކަތް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  2. މަހުން މަހަށް އަދި ދުވަހުން ދުވަހަށް ކަލެކްޝަން ސާވިސަސްއަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން.
  3. ކަލެކްޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އަލާތްތައް ލޮޖިސްޓިކްސް ޑިޕާޓްމަންޓްއާ ގުޅިގެން ދުވަހުން ދުވަހަށް ފޮރުކޮށްދިނުން.
  4. ދުވަހުން ދުވަހަށް ކަލެކްޝަން ސާރވިސްގެ ހަރަކާތްތައް ލިޔެކިޔުމުން އެނގޭނެ ގޮތަކަށް ބެލެހެއްޓުން.
  5. ކަލެކްޝަން ސާރވިސަސްގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޑޭޓާބޭސް އަޕްޓޭޑްކޮށް ބެލެހެއްޓުން.
  6. ޚިދުމަތް ހޯދާ ފަރާތްތަކުގެ ފީޑްބެކް ހޯދުމާއި ފީޑްބެކް ރިކޯޑުކޮށް ބެލެހެއްޓުން.
  7. ކޯޕަރޭޝަނުން ރާވައި ހިންގައި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުން (http://wamco.com.mv/resources/forms/) މި ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ).

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކުރެވިފައިވާ)

- ޕޮލިސް ރިޕޯޓު (ރިޕޯޓް ދޫކުރެއްވި ތާރީޚުގެ ފަހުން 03 މަސްދުވަސް ހަމަނުވާ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް).

ސުންގަޑި:

- 2016 މޭ 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލަޔަށް) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާންކުރުން، 31 މޭ އާއި ޖޫން 09 އާ ދެމެދުގައި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހުގައި (މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލާގައި) އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުއާއި އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

  10 ޝަޢުބާން 1437

17 މޭ 2016
ހޯދާ