ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
އޮފީސް މޭޒު(ކޮންފަރެންސް ޓޭބަލް) ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލަށް އޮފީސް މޭޒު (ކޮންފަރެންސް ޓޭބަލް) ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

މި ސްކޫލުގެ ސްޓާފުން ބޭނުންކުރާނެ އޮފީސް މޭޒު އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS126/2016/IL7 (20 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި މި ސްކޫލަށް އެޑްރެސްކޮށް "މޭޒުޖެހުމުގެ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި، 2016 މޭ 29 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މި ސްކޫލުގެ ލައިބްރަރީގައެވެ. އަންދާސީހިސާބު ހުށަހެޅި ފަރާތަކަށް މި ބައްދަލުވުމަށް ހާޒިރުވެވެން ނެތްނަމަ އެފަރާތެއްގެ ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އަންގައިދޭ ލިޔުމަކާއެކު ހާޒިރުވެވިދާނެ ކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.                                          

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.                                          

10 ޝަޢުބާން 1437

17 މޭ 2016
ހޯދާ