އުކުޅަހު ސުކޫލް، އއ. އުކުޅަސް
ދިވެހިރާއްޖެ
ވަށައިފާރު ރާނަން ބޭނުންވެއްޖެ

އިޢުލާން

ސްކޫލްގެ ޕްރައިމަރީ ގްރޭޑް ކުދިން ކިޔަވާ ކްލާސްރޫމްތަކާ ދިމާލުގައި ވަށައިފާރު ރޭނުމާގުޅޭ:

މި ސްކޫލްގެ ޕްރައިމަރީ ގްރޭޑް ކުދިން ކިޔަވާ ކްލާސްރޫމްތަކާ ދިމާލުގައި ވަށައިފާރު ރޭނުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 23 ވާ ހޯމަ ދުވަހުގެ 11:30 މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑު ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމު މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވާ ފަރާތްތަކާ ހަވާލުކުރެވޭނެއެވެ. އަދި ބިޑު ތައްޔާރު ކުރަންވާނީ ބިޑުތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށެވެ. 

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ހުޅުވުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ހުޅުވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއްނުގަނެވޭނެއެވެ. މީގެ އިތުރުން ބިޑް ހުށަހަޅުއްވާއިރު ފަންނީ ގޮތުންނާއި، މާލީގޮތުން މި ބާވަތުގެ މަސައްކަތްތަށް ކުރެއްވުމުގެ ޤާބިލުކަން ހުރި ލިޔުން ހުރިނަމަ އެ ލިޔުންތައް ހުށަހެޅުއްވުމަކީ މަސައްކަތް ޙަވާލުކުރުމުގައި ބިޑް ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއް ކަމުގައި ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އއ.އުކުޅަހު ސްކޫލްގެ ނަންބަރު 6660843 ފޯނަށް ގުޅުއްވުން އެދެމެވެ.

ނޯޓް: މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ޝަޢުބާން 1437    

15 މޭ 2016
ހޯދާ