މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ  

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

2 (ދޭއް) އަހަރުދުވަސް

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް /އިދާރާ / ސެކްޝަން:

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1- އެކައުންޓްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- ސާނަވީ އިމްތިޙާނުގައި ބިޒްނަސް ސްޓްރީމްގެ 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން  ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ޔުނިޓަށް ލިބޭ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކުރުމާއި، ރޫޓިން މަރުޙަލާ ފުރިހަމަކުރުން.

2- ކައުންސިލުގެ މަސައްކަތުގެ ތާވަލުގައި ހިމެނިގެން ޔުނިޓާ ހަވާލުކުރެވޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތް ކުރުން.

3- ޓްރަސްޓް  ފަންޑް  ޕްރޮގްރާމުގެ  ކޮންޓްރެކްޓް  މުވައްޒަފުންގެ  މުސާރަ  ޝީޓް  ތައްޔާރުކޮށް،  މަސް ނިމުމުގެކުރިން އެ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުން.

4- ޓްރަސްޓް ފަންޑުގެ ޕްރޮގްރާމްތަކަށް ހޯދާ މުދަލާއި ޚިދުމަތްތަކުގެ ބިލުތަކަށް ވައުޗަރ ތައްޔާރުކޮށް، ފައިސާ ދޫކުރުން

5- އަތޮޅު ކައުންސިލުގެ މާލިއްޔަތުން ހިންގޭ ޕްރޮގްރާމްތަކަށް ވައުޗަރ ތައްޔާރުކޮށް ފައިސާ ދޫކުރުން.

6- އެކިއެކި ފަރާތްތަކަށް ރައްދުކުރުމަށް ލިބޭ ފައިސާ ވައުޗަރ ތައްޔާރުކޮށް އެފަރާތްތަކަށް ހަވާލުކުރުން.

7-  ޓްރަސްޓް ފަންޑް ޗެކް ރަޖިސްޓްރީއާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން.

8- އަތޮޅު ކައުންސިލް އިދާރާގެ ޚަރަދު އެކައުންޓް 2 ގެ އެކައުންޓްބާކީ ލިޔެ ބެލެހެއްޓުން.

9- އަތޮޅު ކައުންސިލް އިދާރާގެ ރެވެނިއު އެކައުންޓް 1 ގެ ޗެކް ރަޖިސްޓްރީއާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން.

10- އަތޮޅު ކައުންސިލް އިދާރާގެ ޚަރަދު އެކައުންޓް  2ގެ ޗެކް ރަޖިސްޓްރީއާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން.

11- އަތޮޅު ކައުންސިލްގެ މާލިއްޔަތުން ހިންގޭ ޕްރޮގްރާމްތަކުގެ ޚަރަދު ރިޕޯޓް، މަހަކު އެއްފަހަރު ތައްޔާރުކުރުން.

12- ޓްރަސްޓް ފަންޑުގެ ޕްރޮގްރާމްތަކުގެ އާމްދަނީއާއި ޚަރަދު ރިޕޯޓް، މަހަކު އެއްފަހަރު ތައްޔާރުކުރުން.

13- ޓްރަސްޓް ފަންޑާއި ޚަރަދު 2 ގެ ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް، މަހަކު އެއްފަހަރު ތައްޔާރުކުރުން.

14- ތިޖޫރީ ބާކީކުރުމާއި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.

15- ފައިސާ ހަވާލުކުރެވޭ ވައުޗަރތަކާއި ތައްޔާރުކޮށް ފޮނުވޭ ރިޕޯޓްތައް ގަވާއިދުން ފައިލްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުންކަމުގައިވުން.

2- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4- ޤާނޫނުތަކާއި، ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

5- އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން،

6- ރަށުންބޭރުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި، ތަން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 2016 މޭ 25 ވަނަ ދުވަހުގެ 14.00 އެވެ. ތަކެތި ހުށަހަޅާނީ، ށ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ށ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.shaviyani.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6540025 ނަންބަރު ފޯނާއެވެ.

9 ޝަޢުބާން 1437

16 މޭ 2016
ހޯދާ