މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުން

ވަޒީފާގެ ފުރުޞަތު

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ޝިފްޓް ސުޕަވައިޒަރ

ބޭނުންވާ އަދަދު:

03

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/8,500 ރުފިޔާއާއި -/10,500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ލޭންޑްފިލް އޮޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުނާއި ސަޕޯޓް ސްޓާފުންގެ މަސައްކަތް ރާވައި މަސައްކަތް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން؛
  • ފެސިލިޓީގައި ކުރަން ޖެހޭ މެއިންޓެނަންސާއި މަރާމާތުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން

ފެންވަރު ނުވަތަ ޝަރުޠު:

(ހ) އެންވަޔަރަމަންޓަލް މެނޭޖްމަންޓް/ ވޭސްޓް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ށ) ސިނާޢީ މަސައްކަތްތައް ކުރާ ތަނެއްގައި ސްޕަވައިޒަރީ ލެވެލްގެ މަގާމެއެއްގައި މަދުވެގެން 01 ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ރ) މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އުނދަގޫ ހާލަތްތަކުގައި ދިމާވާ ކަންތައްތައް ވިސްނުންތޫނު ކަމާއެކު ހައްލުކުރަން އެނގުން؛

 (ބ) މަގާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަގާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/7,000 ރުފިޔާއާއި -/8,500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަގާމުގެ މައިގަނޑު މަސައްކަތް:

  • ފެސިލިޓީގައި އިދާރީގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކުރުމާއި، ނިންމުން.
  • ފެސިލިޓީއަށް ލިބޭ އެކިއެކި ލިޔެކިޔުންތައް ލިބެންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެކަމުގެ ރިކޯޑްސް ބެލެހެއްޓުން.
  • ފެސިލިޓީގެ ހުރިހާ ލިޔެކިއުންތައް ފައިލުކޮށް ބެލެހެއްޓުން.
  • އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއެކު، އެކަމާބެހޭ އެންމެހައި ކަންކަން ކުރުން.
  • އެކިއެކި ކަންކަމުގައި އޮފީހަށް ޒިޔާރަތްކުރާ މީހުންގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  • އޮފީހުގެ މާޙައުލު ސާފުތާހިރުކޮށް ބޭއްވުމަށް ސާފުކުރުމުގެ ކަންތައްތައް ރާވައި ހިނގަމުންދާ ގޮތް ބެލުން.
  • އެޑްމިން ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ދުވަހުން ދުވަހަށް ނިންމުން.
  • އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

  1. އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމު:

ޖެނިޓާރސް (ކްލީނަރސް)

ބޭނުންވާ ޢަދަދު:

03

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/4,000 ރުފިޔާއާއި -/6,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަގާމުގެ މައިގަނޑު މަސައްކަތް:

  • މަގުތަކާއި ގައު އަޅާފައިވާ ސަރަހައްދު ސާފުކުރުން.
  • ބަނދަރުމަތީ ކުނިނަގައި، ވިނަނޮޅައި ސާފުކުރުން.
  • ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުން.
  • އޮފީހުގެ އިމާރާތާއި، އެކަމޮޑޭޝަން ބްލޮކް ސާފުކޮށް ބެލެހެއްޓުން އަދި ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  • މީގެ އިތުރަށްވެސް، މަސައްކަތާ ގުޅޭގޮތުން ޝިފްޓް ސުޕަވައިޒަރު އަންގާ މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

މަގާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.

އިތުރު އިނާޔަތްތައް:

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކެއުމާއި ހުރުން ރ. ވަންދޫއިން ހަމަޖައްސައިދެވޭނެއެވެ. އަދި ރ. އިންނަމާދޫ އަދި ރ. ރަސްމާދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ކޮންމެ ދުވަހަކު ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ  އަދި ސީ.ވީ
  2. ޕާސްޕޯޓް ސައިޒް 2 ފޮޓޯ
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  4. ޕޮލިސް ރިޕޯޓް
  5. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އަދި،
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ހަމަ ޖެއްސޭނެއެވެ.
  • އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ  3018415  ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2016 މޭ 25 ވާ ބުދަ ދުވަހު 14:00 ކުރިން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ،

މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

 

15 މޭ 2016
ހޯދާ