ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
07 ޖަނަރޭޓަރު ސެޓު ގަތުމާ ގުޅޭ

އިޢުލާން

07 ޖަނަރޭޓަރު ސެޓް ގަތުމާ ގުޅޭ:

މި ކުންފުންޏަށް ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް 07 (ހަތެއް) ޖަނަރޭޓަރު ސެޓް ގަންނަން ބޭނުންވެއެވެ.

Qty

Capacity

#

03

250kW

01

02

400kW

02

01

600kW

03

01

800kW

04

ބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް 2016 މޭ 22 ން 26 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 15:30 މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އިން ލިބިވަޑައިގަންނަވާނެއެވެ. މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ނަން ނޯޓުކުރާ ފަރާތްތައް އެކަނި ކަމުގައި ދަންނަވަމެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. އަދި މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

12 ޝަޢުބާން 1437

 

19 މޭ 2016
ހޯދާ