މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހިލޭސާބަހަށް ކައްކައި ކާންދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާނު

މި ކޯޕަރޭޝަންގެ ފަރާތުން 1437 ވަނަ އަހަރު ރަމަޟާން މަހު ފުރަތަމަ 10 އަށް ރޭވިފައިވާ ޢުމްރާ ދަތުރުގައި ހިލޭސާބަހަށް ތިރީގައި މިދަންނަވާ މަގާމުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.   

ވަޒީފާ

މަޤާމު:

  • ކައްކާ

އަދަދު:

  • 01

ފެންވަރު ނުވަތަ ޝަރުޠު

  • މައްކާ، މަދީނާ އަދި މިނާގައި ދިވެހި ޙާޖީންނަށް ކައްކައި ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާންމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކާ ގަޑިތަކުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކައްކައި ކާންދިނުމުގެ ޚިދުމަތް ދިނުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބާޒާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 2016 މޭ 23 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

16 މޭ 2016
ހޯދާ