ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓު ސޭލްސް ރެޕްރެޒެންޓޭޓިވުން ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :8

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ނަންބަރު 60-އޭޑީއެމް/108/2016 އިޢުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ.

މަޤާމު:   އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / ގރ. 1

އަދަދު:   8

މުސާރަ: -/3380ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 މަސް)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަރމާޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސްގެ ގޮތުގައި -/2000ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100ރ ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ދޫކުރުމާއި، މުދާ ބަލައިގަތުން.
  • ކަސްޓަމަރުންނާއި މުޢާމަލާތުކުރުމާއި، ކަސްޓަމަރުންނަށް އެހީތެރިވުން.
  • ކައުންޓަރުގައި މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

  • ޖީ.ސީ.އީ އޯލެވެލްގެ 1 މާއްދާއިން ފާސްވެފައިވުން.
  • މި ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ރިސެޕްޝަނުންނާއި އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު: 3344264 ވެބްސައިޓް: www.sto.mv  އީމެއިލް: [email protected] 

15 މޭ 2016
ހޯދާ