ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓެއް/ސޭލްސް ރެޕްރެޒެންޓޭޓިވެއް ބޭނުންވެއްޖެ

މަޤާމް :ފާމަސިސްޓް/ސޭލްސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1

އަދަދު:1

އަސާސީ މުސާރަ: -/4350ރ. އާއި -/5100ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހުޅުމާލެ ބޭސްފިހާރަ

އެހެނިހެން އިނާޔަތްތައް:

* ފުޑް އެންޑް ހާރޑްޝިޕް އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރު އެލަވަންސް: -/528ރ އާއި -/728ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)  

މަޤާމުގެ މަސްއޫލިއްޔަތު

*  ބޭސް ދޫކުރުން

* ކޭޝް އަދި ކްރެޑިޓް ބިލް ހެދުން

* ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން

* ހަރުގަނޑުތަކުގައި ބޭސް އެތުރުން

* މުއްދަތުހަމަވާ ބޭސްތައް ބަލައި ޗެކްކުރުން

ތަޢުލީމާއި ތަޖުރިބާ:

* އެޑްވާންސް ސެޓުފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން

* ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އަދި އެކްސެލް)

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
* ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން

ސުންގަޑި: 

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 23 ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތު ތަޖުރިބާއާއި އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344179/3344368 ފެކްސް: 3344041 ވެބްސައިޓް:www.sto.mv

 

16 މޭ 2016
ހޯދާ