މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
ހެޑް އޮފް އެކައުންޓްސް

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ސެންޓާރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާއި ގުޅުވައި ދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ  ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުންޏެކެވެ.

މަޤާމް: ހެޑް އޮފް އެކައުންޓްސް

 މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ކުންފުނީގެ އެތެރޭގެ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ތައްޔާރުކުރަންޖެހޭ މާލީ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ތައްޔާރުކުރުން
  2. ބަޖެޓް ތައްޔާރުކުރުމާއި މެދުރާސްތާގެ ފޯކާސްޓްތައް ތައްޔާރުކުރުމާއި މޮނިޓަރ ކުރުން
  3. ކުންފުނީގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި، މުވައްޒިފުންނަށް މާލީ ހިސާބު ބެލެހެއްޓުމާއި ގުޅޭގޮތުން އިރުޝާދު ދީ އެހީތެރިކަން ފޯރުކޮށް ދިނުން
  4. ކުންފުނީގެ ފަރާތުން ހުށަހަޅަންޖެހޭ ތަފާތު ރެގިއުލޭޓަރީ ރިޕޯޓުތަކާއި އެއްބަސްވުންތަކާ ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ހުށަހެޅުން
  5. އެކައުންޓްސް ޑިޕާޓްމަންޓުން ކުރަންޖެހޭ ހުރިހާކަމެއް ކުންފުނީގެ ފައިނޭންޝަލް މެނޭޖްމަންޓް މެނުއަލާ އެއްގޮތަށް ހިންގައި ބެލެހެއްޓުން
  6. ކުންފުނީގެ މަޤުޞަދުތައް ހާސިލު ކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބެލެހެއްޓުން
  7. ކުންފުނީގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން

ތަޖުރިބާއާއި ހުނަރު:

  1. އެކައުންޓިންގ ދާއިރާގައި މަދުވެގެން 7 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  2. އެކައުންޓިންގ ދާއިރާގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ޤާބިލުކަން ހުރުމާއިއެކު އެކައުންޓިންގގެ ދާއިރާގެ ހުރިހާ ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  3. އިސްލާމިކް ފައިނޭންޝަލް ޕްރޮޑަކްޓްތައް އެކައުންޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން
  4. ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ކޮންޓްރޯލްކުރުމާއި ފޯރކާސްޓް ތައްޔާރު ކުރުމުގެ ތަޖުރިބާ ލިބިފައިވުން
  5. ބޭރުގެ މާލީ އިދާރާތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން
  6. ބޮންޑް، ޓްރެޜަރީ ބިލް، ސުކޫކް، އަދި އެހެނިހެން މާލީ ސެކިއުރެޓީސްތައް ބަލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން
  7. އޮޑިޓަރުންނާއި، ލެންޑިންގ އެޖެންސީތަކާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން
  8. މާލީ އިދާރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

ތަޢުލީމީ ފެންވަރު:

- CIMA/ACCA ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުން

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 19 ވަނަ ދުވަހު 15:00ގެ ކުރިން [email protected] އަށް ސީ.ވީ. ފޮނުއްވުން އެދެމެވެ.

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ/ދިވެހިރާއްޖެ

ފޯން: 9898887

 

16 މޭ 2016
ހޯދާ