ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ޤައުމީ ކުތުބުޚާނާ ހިނގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2016 މޭ 24 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީ ކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް)

މެދުޒިޔާރަތް މަގު، މާލެ (ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި)

09 ޝަޢުބާން 1437

17 މޭ 2016
ހޯދާ