ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލެޕްޓޮޕް އަދި ޕްރޮޖެކްޓަރ ގަންނަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އޮފީހަށް ލެޕްޓޮޕް އަދި ޕްރޮޖެކްޓަރ ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)196-C/1/2016/27 (31 މާރިޗު 2016) އިޢުލާނާއި، ސްކޭނަރ ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)196-C/1/2016/28 (31 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ ލިޔެކިއުންތައް ފުރިހަމަނުވާތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 މޭ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

10 ޝަޢުބާން 1437

17 މޭ 2016
ހޯދާ