ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އޮފީހަށް Software Based PABX އާއި SIP Phone ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)196-C/1/2016/30 (7 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ ލިޔެކިއުންތައް ފުރިހަމަނުވާތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 މޭ 23 ވާ ހޯމަ ދުވަހުގެ 11:30 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 29 ވާ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

10 ޝަޢުބާން 1437

17 މޭ 2016
ހޯދާ