ދިއްފުށީ ޞިއްޙީ މަރުކަޒު، ކ. ދިއްފުށި
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި  މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް: ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:  ދިއްފުށީ ޞިއްޙީ މަރުކަޒު/ ކ. ދިއްފުށި

މުސާރަ: މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާ

އުޖޫރައާއި ޢިނާޔަތް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އަސާސީ ޝަރުޠު:

1. ޕްރައިމެރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޕްރައިމެރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރައިމެރީ ހެލްތު ކެއަރގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ހެލްތު މާސްޓަރ ޕްލޭނާއި އެހެނިހެން ޤައުމީ ޕޮލިސީ ސްޓެރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް އެއާ އެއްގޮތްވާގޮތުގެމަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް ސްކޫލްތަކާއި ކައުންސިލް، އެކިއެކި ޖަމްޢިއްޔާތަކާ ގުޅިގެން ރަށު ފެންވަރުގައި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

2. އާންމު ޞިއްޙަތާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ރަށަށް ޒިޔާރަތްކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލްކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގައި، އެ ފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެދަށުން ފިޔަވަޅުއެޅުން.

4. ޕަބްލިކް ހެލްތުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް، އެމީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށްދިނުން.

5. ދުވަހުން ދުވަހަށާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ރަށު ފެންވަރުގައި ދިރާސާކުރުމަށްފަހު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ގަވާއިދުން ފޮނުވުމާއި، ޕަބްލިކް ހެލްތުގެ މަސައްކަތްތަކާ ގުޅިފައިވާ ޑޭޓާބޭސްތައް ގަވާއިދުން އަޕްޑޭޓްކުރަމުން ގެންދިއުން.

6. ރަށު ފެންވަރުގައި ދިމާވާ ކާރިސާތަކާއި، އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވައިލައި، އެއަށް ޢަމަލުކުރުން.

7. ޤައުމީ އިމިޔުނައިޒޭޝަން ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ދޭންޖެހޭ ޚިދްމަތް ގަވާއިދުން ފޯރުކޮށްދެވޭނެ އިންތިޒާމް ރާވައި ހަމަޖެއްސުން.

8. ނިއުޓްރިޝަނާބެހޭ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

9. ގައިންގަޔަށް އަރާ ބަލިތަކާއި، ސޫފާސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

10. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ހަރަކާތްތަކާއި ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭފަދަ ގޮތަކަށް ރާވައި ހިންގުން.

11. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށުފެންވަރުގައި ރާވައި ހިންގުން.

12. އެ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމަންޓާއި، ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވައި ހިންގުން.

13. އާންމު ޞިއްޙަތާ ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރުން.

14. އެކިއެކި ޕަބްލިކް ހެލްތު ޕްރޮގްރާމްތަކުގެދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި، އާންމު ރައްޔިތުންނަށް ގަވާއިދުން ފޯރުކޮށްދިނުން.

15. އާންމު ޞިއްޙަތު ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމް ވިޒިޓްތައް ރާވައި ހިންގުމާއި، ހޯމް ވިޒިޓްތަކުގެ ތަފްޞީލް، ހަމަޖެހިފައިވާ އުޞޫލުތަކުގެމަތިން ގަވާއިދުން ރިޕޯޓްކުރުން.

16. ފާމަސީތަކާއި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނާއި، ޔޫރަޕިއަން ޔުނިއަން އެކްސްޕޯޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންސްޕެކްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

17. ރަށުގެ ހުރިހައި ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސްކޫލާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

18. މަތީގައިވާ ކަންކަމުގެ އިތުރުން، ވެރިންނާއި އިސް މުވައްޒަފުން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު އޮންނާނެ ގަޑިއާއި ތަން:

- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، އިންޓަވިއު އޮންނާނެ ތަނާއި ގަޑި، ޝަރުޠުހަމަވާ ފަރާތްތަކަށް މި މަރުކަޒުގެ ފަރާތުން އަންގާނެއެވެ.

- ކޮޕީ ހުށަހަޅާ ހުރިހާ ލިޔެކިއުމެއްގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވާ ހުށަހަޅުއްވާނީ 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކ. ދިއްފުށީ ޞިއްޙީ މަރުކަޒުގެ އޮފީސް ބަޔަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  މި  މަރުކަޒުން  ލިބެން  ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވުމުން، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއް، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640645 ނަންބަރު ފޯނަށް ނުވަތަ 7767611 ނަންބަރު ފޯނަށެވެ.

.....................................

4 ޝަޢުބާން 1437

11 މޭ 2016
ހޯދާ