އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ޓިނު ބަދަލުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ   

މި ސްކޫލުގެ 6 ކްލާސްރޫމް ހިމެނޭ ޢިމާރާތުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް އަލުން އިޢުލާނުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވާފައިވާތީ، ކުރިންކުރި އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލި ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތުދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަ ވެސް ދެންނެވީމެވެ. ނަމަވެސް މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވާނަމަ 6580316 ނަންބަރު ފޯނާ ގުޅުއްވުމުން އެ މަޢުލޫމާތު ދެވޭނެއެވެ.

04 ޝަޢުބާން 1437

11 މޭ 2016
ހޯދާ