ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭޑިއަމުގެ ސްޓޭޖްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުވައްމުލަކު ސްޓޭޑިއަމުގެ ސްޓޭޖް މަރާމާތުކުރުން:

ފުވައްމުލަކު ސްޓޭޑިއަމުގެ ސްޓޭޖްގެ ބައެއް މަރާމާތުކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދެއްވުމަށް އެދި ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި، ތާރީޚު ތިރީގައި މިވަނީއެވެ

މަޢުލޫމާތު ސާފުކުރުން

2016 މޭ 19 އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގރޫމުގައި

އަންދާސީހިސާބު ބަލައިގަތުން

2016 މޭ 24 ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގރޫމުގައި

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

09 ޝަޢުބާން 1437

16 މޭ 2016
ހޯދާ