މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފުރާވަރުގެ އުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް - 2016

އިޢުލާން

ފުރާވަރުގެ އުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް - 2016

ފުރާވަރު ޢުމުރުގެ ކުދީންނަށް އަމާޒު ކޮށްގެން، ކުދިން ޝައުޤުވެރިވާ ގޮތަށް، އިސްލާމީ ރިވެތި އަޚްލާޤާއި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ދޮރު ވަނީ ހުޅުވައިލެވިފައެވެ. މި މުބާރާތަށް ހުށަހަޅާ ވާހަކަތަކުން، ބޮޑެތިވަމުން އަންނަ ކުދިންނަށް އިސްލާމީ މުޖުތަމަޢުގެ ތެރޭގައި ހުންނަންޖެހޭ އަދަބުތައްކަމުގައިވާ، މައިންބަފައިންނަށް ކަމޭ ހިތުން، މުދައްރިސުންނަށް އިޙްތިރާމު ކުރުން، އަމުރުވެރިންނަށް ކިޔަމަންވުން، ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުން، އަވަށްޓެރިންނަށް އިޙްތިރާމު ކުރުން، ކުޑަކުދިންނަށް އޯގާތެރިވުން، މަގުމަތީގެ އަދަބުތަކުގައި ހިފެހެއްޓުން ފަދަ ކަންކަން އެނގި ދަސްވުމާއި ކީރިތި ރަސޫލާގެ ސީރަތުންނާއި އަޞްޙާބުންނާއި ތާބިޢީން ފަދަ ބޭބޭކަލުންގެ ދިރިއުޅުއްވުމުން ލިބެންޖެހޭ ޢިބްރަތްތެރިކަން ލިބިގަތުން ހިމެނެއެވެ.

މި މުބާރާތުން 1 ވަނަ ހޯދާ ފަރާތެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ހުށަހެޅޭ ފަރާތްތަކަށް އިނާމު ލިބޭނަމަ އިނާމު ލިބޭނީ މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2016 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ދާއިރާއިންނެވެ.

މި މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް މިނިސްޓްރީން އިނާމު ހުށަހަޅާފައިވެ އެވެ. އެއީ:

1. އެއްވަނަ އަށް  -/10000ރ. (ދިހަހާސް ރުފިޔާ)

2. ދެވަނަ އަށް   -/7500 ރ. (ހަތް ހާސް ފަސްސަތޭކަ ރުފިޔާ)

3. ތިންވަނަ އަށް  -/5000 ރ. (ފަސްހާސް ރުފިޔާ)

1 ވަނަ 2 ވަނަ އަދި 3 ވަނައިގެ އިތުރުން އެންމެ ގިނަ މާކުސް ލިބޭ ފަސް ވާހަކައިން ކޮންމެ ވާހާކައަކަށް -/3000 ރުފިޔާ (ތިންހާސް ރުފިޔާ) ގެ އިނާމުވަނީ ކަނޑައެޅިފައެވެ.

މި މުބާރާތާ ގުޅޭގޮތުން ކުރިން ކުރެވިފައިވާ ނަންބަރު (IUL)142-A1/1/2016/26 އިޢުލާނުގެ މުއްދަތު މިހާރު ވަނީ އިތުރުކުރެވިފައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ވާހަކަފޮތާއެކު މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv ން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މި މިނިސްޓްރީގެ 3020213 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

02 ޝަޢުބާން 1437

09 މޭ 2016
ހޯދާ