ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މި މަޤާމަށް އެންމެ އެކަށީގެންވާ 2017 ވަނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރެއްވި ފަރާތްތަކާބެހޭ މަޢުލޫމާތު

އިޢުލާން

2017 ވަނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މި މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމުގައި ޑިރެކްޓަރުންގެ ބޯޑުން ފާސްކުރެއްވި ފަރާތްތަކާބެހޭ މަޢުލޫމާތު

2016-2017 ވަނަ އަހަރަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 2 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. 2016 ފެބުރުވަރީ 14 ގައި ހުޅުވާލެވުނު މި ފުރުޞަތު ހަމަވީ 2016 މާރިޗު 07 އަށެވެ. އެގޮތުން މި މަޤާމަށް ނަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުނީގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ވަޒަންކުރެއްވުމަށްފަހު، މި މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމުގައި ބޯޑަށް ހުށަހެޅުނު ފަރާތްތައް ވަނީ ބޯޑުން ފާސްކުރައްވާފައެވެ. އެގޮތުން ފާސްކުރެވުނު ފަރާތްތަކާއި އެފަރާތްތަކުގެ ނަންތައް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 1.3 (e) ގެ ދަށުން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ކެންޑިޑޭޓް ނަންބަރު 1 – އަލްފާޟިލް މުޙައްމަދު ފަރުޞަތު / ހ.ޓޫހާރޓްސް

އަލްފާޟިލް މުޙައްމަދު ފަރުޞަތު - މަތީ ތަޢުލީމު ހާސިލުކުރައްވާފައިވަނީ ޓުއަރިޒަމް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އައިޓީގެ ދާއިރާއިންނެވެ. އެގޮތުން ހާސިލުކުރައްވާފައިވާ ސަނަދުތަކަކީ؛

  1. އެގްޒެކެޓިވް ޑިޕްލޮމާ އިން ޑައިރެކްޓަރޝިޕް - ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ، ސިންގަޕޯރ (2014)

 ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ސަރޓިފިކޭޓް - އިންްސްޓިޓިއުޓް އޮފް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް، ދިވެހިރާއްޖެ (2014)

  1. މާސްޓަރސް އިން ޓޫރިޒަމް މެނޭޖްމަންޓު – ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރ، ޔޫކޭ (2006)
  2. ބީއޭ (އޮނާސް) އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން - ޔުނިވަރސިޓީ އޮފް ނޮދަމްބްރިއާ، ޔޫކޭ (2005)
  3. ޑިޕްލޮމާ އޮފް ހަޔަރ އެޑިއުކޭޝަން – މިޑަލްސެކްސް ޔުނިވަރސިޓީ،  ޔޫކޭ (2004)
  4. ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ – ޔުނިވަރސިޓީ އޮފް ވޮލޮންގޮންގ، އޮސްޓްރޭލިޔާ (2001)

މީގެ އިތުރުން އޭނާ ވަނީ ސަރުކާރު އަދި ޕްރައިވެޓް ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވައި، ޕަބްލިކް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރކަން އަދި ޑިރެކްޓަރުންގެ ބޯޑުގެ ކޮމިޓީތަކުގެ ޗެއަރމަންކަންވެސް އަދާކުރައްވާފައެވެ.

ތަޖުރިބާ

  • މިހާރު ވަޒީފާ އަދާކުރައްވަމުން ދަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި (އެމްއެމްސީ)
  • 2009-2013 ވަނަ އަހަރަށް ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރކަން އަދި ފައިނޭންޝަލް ކޮންޓްރޯލަރުކަން އަދާކުރައްވާފައިވޭ
  • 2006-2009 އަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިިވިލް އޭވިއޭޝަންގައި އެސިސްޓަންޓް ޑައިރެކްޓަރުގެ މަޤާމު އަދާކުރައްވާފައިވޭ
  • 2011-2012 އަށް އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން އަދާކުރެއްވި އަދި 2015 އިން އަދާ ހަމައަށް އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރކަން ދަނީ އަދާކުރައްވަމުން
  • 2012 އިން މިއަދާއި ހަމައަށް އެސްޓީއޯގެ ބޯޑު ޑިރެކްޓަރެއް

އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން

އެފަދަކަމެއް ނެތް

 އެސްޓީއޯގައިވާ ހިއްސާގެ އަދަދު

50 ހިއްސާ

ކެންޑިޑޭޓް ނަންބަރު 2 – އަލްފާޟިލް އިބްރާހީމް ލަޠީފު / ހުޅުމާލެ ފްލެޓް ނަންބަރު C1-GF-A

ތަޢުލީމީ ފެންވަރު

އަލްފާޟިލް އިބްރާހިމް ލަތީފު - މަތީ ތަޢުލީމު ހާސިލުކުރައްވާފައިވަނީ މާކެޓިންގ އެންޑް ރިސަރޗްގެ ދާއިރާއިންނެވެ. އެގޮތުން ހާސިލުކުރައްވާފައިވާ ސަނަދުތަކަކީ؛

  1. ބީއޭ (އޮަނާސް) އިން މާކެޓިން – ޔުނިވަރސިޓީ އޮފް ހަރޓްފޯޑްޝަޔަރ، ޔޫކޭ (2004)

ތަޖުރިބާ

  • މިހާރު ވަޒީފާ އަދާކުރައްވަމުން ދަނީ އެމްޓީސީސީގެ ޑޮކިންގ، ރިޕެއަރ އެންޑް މެއިންޓަނެންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރގެ ގޮތުގައި
  • 2014-2010 އަށް އެމްޓީސީސީގެ އެގްޒެކެޓިވް މަގާމުތައް ފުރުއްވާފައިވޭ

މީގެ އިތުރުން އޭނާ ވަނީ މެނޭޖްމަންޓް އަދި މާކެޓިންގގެ އިސް ވަޒީފާތަކުގައި 9 އަހަރަށް ވުރެ ގިން ދުވަހު އެމްޓީސީސީއަށް ޚިދުމަތްކުރައްވާފައެވެ.

އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން

 އެފަދަކަމެއް ނެތް

އެސްޓީއޯގައިވާ ހިއްސާގެ އަދަދު

1 ހިއްސާ

ވޯޓު ދިނުމަށް ހަމަޖެހިފައިވާ ގޮތް

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެންބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ހިއްސާގެ ތަމްސީލުކުރާ މެމްބަރުން އެދިއްޖެނަމަ ޕޯލްގެ އުސޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެމްބަރަކަށްވެސް އެ މެމްބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ދެވޭނެއެވެ.

ހަމަ މި ގަވާއިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެމްބަރެއްގެ ހައިސިއްޔަތުން ޗެއާމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާމަނަށް ދެވިދާނެއެވެ.

އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމްއަކަށް ނެގޭ ވޯޓުގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

ވީމާ، މިކަންކަން ކުންފުނީގެ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އެންގީމެވެ.

 02 ޝަޢުބާން 1437

09 މޭ 2016
ހޯދާ