ތ. ވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ވޮޗަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް. 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތ. ވަންދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޞިއްޙީ މަރުކަޒާއި ޞިއްޙީ މަރުކަޒުގޯތީގެ ސެކިއުރިޓީއާބެހޭ އެންމެހައި ކަންތައްތައް ރަނގަޅަށް ބެލެހެއްޓުން.
  2. ޞިއްޙީ މަރުކަޒުގެ އިމާރާތާއި، މަރުކަޒުގެ ގޯތި ހިމެނޭ ސަރަހައްދުގައި ގަވާއިދާ ޚިލާފު އެއްވެސްކަމެއް ހިނގާނަމަ، އެކަމެއް ޙައްލުކުރުމާއި، ޙައްލުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ތަނުގައި އެވަގުތަކު ހުންނެވި އެންމެއިސް ފަރާތަށް ވަގުތުން އެންގުން.
  3. ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ކަންތައް ގަވާއިދާ އެއްގޮތަށް ކޮންޓްރޯލްކޮށް ބެލެހެއްޓުން.
  4. ޞިއްޙީ މަރުކަޒަށް ގެންނަންޖެހޭ ތަކެތި ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުން.

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ކަނޑައެޅިފައިވާ އުސޫލެއްގެމަތިން ރިސްކް އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ހެލްތު މިނިސްޓްރީގެ www.health.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 މޭ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ޖޫންމަހުގައި ތ. ވަންދޫ ޞިއްޙީ މަރުކަޒުގައެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6780045 އެވެ.

5 ޝަޢުބާން 1437

12 މޭ 2016
ހޯދާ