ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ކޮމްޕިއުޓަރ ޓެކްނީޝަން (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: އެމް. އެސް. 1

މުސާރަ: މަހަކު -/5610 ރުފިރާ

ސަރވިސް އެލެވަންސް: މަހަކު-/2000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އިދާރީ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

އަސާސީ ޝަރުޠު:

1- އިންފޮމޭޝަން ޓެކްނޮލޮޖީގެދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- މި ސެންޓަރުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ މަސައްކަތް ބެލެހެއްޓުން. މިގޮތުން، ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް، ސޮފްޓްވެއަރ އަޕްޑޭޓްކުރުމާއި، ސެންޓަރގެ ފޯނުލައިންތައް/ޕީ.އޭ.ބީ.އެކްްސް ސިސްޓަމް ބެލެހެއްޓުން.

- ކޮމްޕިއުޓަރ ނެޓްވޯރކް އެޅުމާއި، ބެލެހެއްޓުމާއި، ސައުންޑް ސިސްޓަމް ސެޓިންގ ހެދުމާއި، ބެލެހެއްޓުމާއި، ވިންޑޯސް ސާވަރ މެނޭޖްކުރުން.

- އެން.ސީ.އައި.ޓީ އާ ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވަރކްގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުން.

- އޮފީހުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމުތަކަށް ދިވާމާ މައްސަލަތައް ޙައްލުކުރުން.

- އޮފީހުގެ ކޮމްޕިއުޓަރތައް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި، ކޮމްޕިއުޓަރތަކުގެ އެންޓި-ވައިރަސް ބެލެހެއްޓުން.

- ސްކޫލްގައި ބާއްވާ ހަރަކާތްތަކުގައި ޕްރޮޖެކްޓަރއާއި ސައުންޑް ތައްޔާރުކޮށް ބެލެހެއްޓުން.

 - އޮފީހުގެ ޕްރިންޓަރު، ސްކޭނަރު، ފޮޓޯކޮޕީ މެޝިންފަދަ ފަދަ  ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

- ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

މަތީގައިވާ ކަންތައްތަކުގެ އިތުރުން، ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

މަޤާމް: ޕްރިންޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)        

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ރޭންކް: އެސް. އެސް. 3

މުސާރަ: މަހަކު -/3875 ރުފިރާ

ސަރވިސް އެލެވަންސް: މަހަކު-/1000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި: އިތުރު ގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

 

އަސާސީ ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޓެސްޓް ޕޭޕަރުތައް ޗާޕްކުރުމާއި ހީރަސްޖެހުން.
  • ޓީޗަރުންނާއި އޮފީސް ސްޓާފުންދޭ ހޭންޑް އައުޓްތައް ޕްރިންޓްކުރުމާއި، ޕޮޓޯކޮޕީ ހެއްދުމާއި ހީރަސްޖެހުން.
  • ޕްރިންޓިންގ މެޝިންތަކާއި ފޮޓޯކޮޕީ މެޝިންތައް ސާފުކޮށް ބެލެހެއްޓުން.
  • ޕްރިންޓިންގ މެޝިންތަކަށް ދިމާވާ ކުދިކުދި މައްސަލަތައް އަމިއްލައަށް ޙައްލުކުރުން.
  • ޕްރިންޓިންގ މެޝިންތަކަށް ދިމާވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ ޒިންމާއުފުލުން.
  • ޗާޕްކުރުމަށް ބޭނުންވާ އިކުއިޕްމަންޓްސް ބެލެހެެއްޓުން.
  • ޗާޕްކުރަން ބޭނުންވާ ދެލި، މާސްޓަރ ރޯލް ކަރުދާސްފަދަ ތަކެތި ހުސްވުމުގެ ކުރިން ނޯޓްކޮށް، މި ސެންޓަރުގެ މަސައްކަތަށް ދަތިނުވާނޭހެން ހޯދުން.
  • ޗާޕްކުރުމަށް ނުވަތަ ޕްރިންޓްކުރުމަށް ހަވާލުކުރެވޭ ތަކެތީގެ ސިއްރު ހިފެހެއްޓުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
  • މަސައްކަތް އިތުރަށް ފުރިހަމަކުރެވޭނޭ ޒަމާނީ އާގޮތްތަކާއި ވަސީލަތްތައް ހޯދައި ބޭނުންކުރުން.
  • ކޮޕީރައިޓްސް ލޯއާއި، ސަރުކާރުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، އެ ގަވާއިދުތަކަށް އިޙްތިރާމްކުރުން.
  • މި ސެންޓަރުން ދަރިވަރުންނަށް ބާއްވާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

އިންޓަވިއު ކުރުން:

  • މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 24 މޭ 2016 އާއި 31 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު، މިސެންޓަރުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު 9.30 އިން 13.30 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ www.chse.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  

3. އެކްރިޑެޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

6. ސަރުކާރަށް  ޚިދުމަތްކުރުމުގެ  އެއްބަސްވުމެއް  އޮތް  މުވައްޒަފުން،  ކުރިމަތިލާ  މަޤާމަށް  ހޮވިއްޖެނަމަ،  އަދާކުރަމުންދާ  ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑުޖެހި ލިޔުމެއް. 

7. އުޅެފައިވާ މަޤާމާއި، ރޭންކާއި، މުއްދަތު އެނގޭނޭ ލިޔުމެއް.

މަޤާމްތަކަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 23 ވަނަ ދުވަހުގެ 13:30 އެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ 14.00 ގެ ކުރިން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ 3321330 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

2 ޝަޢުބާން 1437

09 މޭ 2016
ހޯދާ