މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޗައިލްޑް ހެލްތު ރިކޯޑް ފޮތުގެ ލޭއައުޓް ހަދައި ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުން ތައްޔާރުކޮށްފައިވާ ޗައިލްޑް ހެލްތު ރިކޯޑު ފޮތުގެ ލޭއައުޓް ހަދައި ޕްރިންޓު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 29 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 
05 ޝަޢުބާން 1437
12 މޭ 2016
ހޯދާ