ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސަސް ޕްރޮފެޝަނަލުން ރަޖިސްޓަރީވުމާބެހޭ.
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާއިން ރަޖިސްޓަރީކޮށްދޭ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
ރަޖިސްޓަރީކޮށްދޭ ދާއިރާތައް:
- ކްލިނިކަލް ސައިކޮލޮޖިސްޓް
- ކައުންސެލިންގ ސައިކޮލޮޖިސްޓް
- ޗައިލްޑް ސައިކޮލޮޖިސްޓް
- އެޕްލައިޑް ސައިކޮލޮޖިސްޓް
- އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓް
- ބިހޭވަރަލް އެނަލިސްޓް/ ސައިކޮލޮޖިސްޓް
- ޕްރޮފެޝަނަލް ކްލިނިކަލް/ ޗައިލްޑް/ ކައުންސެލިންގ/ އެޕްލައިޑް ސައިކޮލޮޖިސްޓް
ރަޖިސްޓަރީކޮށްދޭ ޝަރުޠުތައް:
- ސައިކޮލޮޖީ އިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ސައިކޮލޮޖީގެ ކިޔެވި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް އޮތުން އަދި 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ (ޕްލޭސްމެންޓް އެކްސްޕީރިއެންސް/އިންޓަރންޝިޕް) ލިބިފައިވުން.
- ބިހޭވިއަރަލް އެނަލިސްޓް/ ސައިކޮލޮޖިސްޓެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ބޭނުންވާ ޝަރުޠުތަކަކީ: ބިހޭވިއަރަލް އެނަލިސިސް އިން ނުވަތަ ގުޅުންހުރި ދާއިރާއަކުން (އެޑިއުކޭޝަން ނުވަތަ ސައިކޮލޮޖީ) ބެޗްލަރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން، އަދި ބިހޭވިއަރަލް އެނަލިސިސް އިން މާސްޓަރސް ޑިގްރީ އޮތުން، މީގެ އިތުން 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ (ޕްލޭސްމެންޓް އެކްސްޕީރިއެންސް/ އިންޓަރންޝިޕް) ލިބިފައިވުން
- ޕްރޮފެޝަނަލް ކްލިނިކަލް/ ޗައިލްޑް/ ކައުންސެލިންގ/ އެޕްލައިޑް ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތަކަކީ PHD އަދި PsyD (ޑރ އޮފް ސައިކޮލަޖީ) ހާސިލުކޮށްފައިވުމާއެކު 1000 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބިފައިވުން
މީގެ އިތުރުން މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެގެން 1 އޭޕްރިލް 2016 އާ ހަމައަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ސައިކޮލޮޖީ އިން ބެޗްލަރސް ޑިގްރީއެއް އޮތް ފަރާތްތަކަށް 1 އޭޕްރިލް 2016 ން ފެށިގެން 2 އަހަރުދުވަހުގެ ވަގުތީ ރެޖިސްޓްރޭޝަނެއް "ސައިކޮލޮޖިސްޓްސް އެސިސްޓެންޓް" ގެ ނަމުގައި ދޭގޮތަށް މި ކައުންސިލުން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.
03 ޝަޢުބާން 1437