މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ސަމާލުކަމަށް

އިޢުލާން

ރާއްޖެ އެތެރެކޮށް ވިއްކާ ބޭސްތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މި އޮތޯރިޓީ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ވިއްކާ ބޭސްތަކަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރުމުގެ ގޮތުން ޕޯސްޓް މާރކެޓް ސާވެއިލަންސްްް މި އޮތޯރިޓީން ދަނީ ހަދަމުންނެވެ. މިގޮތުން ޕޯސްޓް މާރކެޓް ސާވެއިލަންސްްް ސިސްޓަމް ހަރުދަނާކުރުމުގެ ގޮތުން މާރކެޓުގައި ވިއްކަންހުރި ބޭސްތައް އިތުރަށް ބަލައި ޗެކުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމުގައި ދެންނެވީމެވެ.

ޕޯސްޓް މާރކެޓް ސާވެއިލެންސްގެ ނަތީޖާއަށް ބަލައި އެޕްރޫވްޑް ޑްރަގް ލިސްޓު ރިވިއުކުރުމުގެ މަސައްކަތްވެސް މި އޮތޯރިޓީން ކުރިއަށް ގެންދާނެ ކަމުގައި އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

އަދި މިކަމުގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުން އެދި ދެންނެވީމެވެ.

02 ޝަޢުބާން 1437

09 މޭ 2016
ހޯދާ