ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ސުޕަރމާޓަށް 2 މަސްދުވަހުގެ ކޮންޓްރެކްޓަށް 15 ލޭބަރުން ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ 60ADM/2016/109 ނަންބަރުގެ އިޢުލާނުގައިވާ ލޭބަރ (ގްރޭޑް 1) ގެ މަޤާމަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް: ލޭބަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 15 (ފަނަރަ)

މުސާރަ: މަހަކު -/3،240 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 މަސްދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސުޕަރމާޓް

 އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސްގެގޮތުގައި -/2،000 ރުފިޔާއާއި -/2،500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 މަޤާމްމުގެ މަސްއޫލިއްޔަތު:

އަވަހަށް ހަލާކުވާ ބާވަތުގެ ކާބޯތަކެތި ސާފުކޮށް، ބަންދުކުރުން.

ތަޖުރިބާ:                    

 ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސްޓީއޯގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެެވެ. 

އިންޓަވިއު:

އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ނޯޓު:

- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސްލިބޭ ފަރާތްތަކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯގެ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

3 ޝަޢުބާން 1437

10 މޭ 2016
ހޯދާ