މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ ކޮމްޕްލަޔަންސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރުދުނިޔެއާ ގުޅުވައިދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ދިވެހި ސަރުކާރު ސައްތައިންސައްތަ ޙިއްޞާވާ ކުންފުންޏެކެވެ.

މަޤާމް: މެނޭޖަރ ކޮމްޕްލަޔަންސް

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. ކުންފުނީގެ މަސައްކަތާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ބަލައި، ކުންފުނީގެ ހިންގުން ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ބެހެއްޓުމަށް މަސައްކަތްކުރުން.

2. ކުންފުނީގެ އެތެރޭގެ ގަވާާާާާއިދުތަކާއި ޕޮލިސީތައް ހަރުދަނާގޮތެއްގައި ހިންގައި ބެލެހެއްޓުން.

3. ކުންފުނީގެ ޗެއަރމަންގެ ލަފާފުޅާއެކު، ކުންފުނީގެ ބޯޑު މީޓިންތައް އިންތިޒާމްކުރުމާއި، އެޖެންޑާ ތައްޔާރުކުރުމާއި، ބޯޑު މީޓީންގާއި ބޯޑު ކޮމެޓީތަކުގެ ޔައުމިއްޔާ ނެގުމާއި، ބޯޑު ރިޒޮލިއުޝަންސްތައް ޑްރާފްޓްކުރުން.

4. ރެޖިސްޓްރާ އޮފް ކޮމްޕެނީސްއާއި އެހެނިހެން ރެގިއުލޭޓަރީ މުއައްސަސާތަކާއެކު ކުރަންޖެހޭ އެންމެހައި މުޢާމަލާތުތައް ކުރުން.

5. ކުންފުނީގެ ޕޮލިސީތަކާއި މެނުއަލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ބޯޑު ޑިރެކްޓަރުންނާއި، ބޯޑު މީޓިންތަކާ ގުޅޭ އެންމެހައި ލިޔެކިއުންތަކެއް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ތަޖުރިބާއާއި ހުނަރު:

  1. އެކައުންޓިންގ/ޤާނޫނީ/މެނޭޖްމަންޓުގެ ދާއިރާގައި 5 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން.
  2. ހުރިހާ އެންމެންނާއެކު މަސަކަތްކުރަން ދަންނަ، ރީތިކޮށް މުޢާމަލާތުކުރަން ދަންނަ މީހެއްކަމުގައިވުން.
  3. މަތީ ފެންވަރުގެ ލިޔެކިއުންތައް އިނގިރޭސިބަހާއި ދިވެހިބަހުން ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  4. މާލީ/ޤާނޫނީ/އިޤްތިޞާދީ ލިޔުންތަކާއި، ރިޕޯޓްތައް ދިރާސާކުރަން ދަންނަ މީހެއްކަމުގައިވުން.

ތަޢުލީމީ ފެންވަރު:

ފައިނޭންޝަލް/ލީގަލް/މެނޭޖްމަންޓުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް ސީ.ވީ ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

ހިއުމަންރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް،

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 9898887

4 ޝަޢުބާން 1437

11 މޭ 2016
ހޯދާ