ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް އެސިސްޓެންޓުން ބޭނުންވެއްޖެ

މަޤާމް :ސޭލްސް އެސިސްޓެންޓް
ބޭނުންވާ އަދަދު :8

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ  60ADM/2016/110 ނަންބަރުގެ އިޢުލާނުގައިވާ ސޭލްސް އެސިސްޓެންޓް (ގްރޭޑް 1) ގެ މަޤާމަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ، އެ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް: ސޭލްސް އެސިސްޓެންޓް  (ގްރޭޑް 1)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 މަސްދުވަސް)

ބޭނުންވާ އަދަދު: 8 (އަށެއް)

މުސާރަ: މަހަކު -/3،240 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ސުޕަރމާޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސްގެގޮތުގައި މަހަކު -/2،000 ރުފިޔާއާ -/2،500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ގުދަނުގައި މުދާ އެތުރުން.
  • މުދާ ބަލައިގަތުމާއި، މުދާ ދޫކުރުން.
  • މުދަލުގެ ހާލަތު ބެލުމާއި، މުއްދަތު ހަމަވާ ތާރީޚު ބަލައި އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ގުދަންތެރެ ސާފުކޮށް ބެލެހެއްޓުން.                                          

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސިބަހާއި ދިވެހިބަހުން ލިޔަން ކިޔަން އެނގުން.
  • މި ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 18 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސް. ޓީ. އޯ. ގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އެސް. ޓީ. އޯ. ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 

ނޯޓް:

- އިންޓަވިއުއަށް ކިޔާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

 4 ޝަޢުބާން 1437

11 މޭ 2016
ހޯދާ