މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ހެދުމަށް ބިން ކުއްޔަށްދޫކުރުން

އިޢުލާން

ޓުއަރިޒަމު ޒޯނުން ގެސްޓުހައުސް ހެދުމަށް ބިން ކުއްޔަށްދޫކުރުމާ ބެހޭ:

ގެސްޓުހައުސް ހަދައި ހިންގުމަށް، ކ. ހިންމަފުށީ ހުޅަނގު އުތުރު ތުނޑީ ސަރަހައްދުގައި އޮތް 21,334.63 (އެކާވީސް ހާސް ތިން ސަތޭކަ ތިރީސް ހަތަރު އަކަފޫޓު / ފަސްދޮޅަސް ތިން އަކައިންޗި) ގެ ޓުއަރިޒަމު ޒޯނުން 2000 (ދެހާސް) އަކަފޫޓުގެ 8 ބިމާއި، 5000 (ފަސްހާސް) އަކަފޫޓުގެ 1 ބިން، 30 (ތިރީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، ކ. ހިންމަފުށީ ކައުންސިލުގެ ފަރާތުން ހުޅުވާލައިފީމެވެ.

މި ބިންތަކުގައި، އަމިއްލަ ޚަރަދުގައި ޓޫރިސްޓު ގެސްޓުހައުސްއެއް ޢިމާރާތްކޮށް، އެ ޓޫރިސްޓު ގެސްޓުހައުސް ޢިމާރާތްކުރުމަށްފަހު، ޓޫރިސްޓު ގެސްޓުހައުސް ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 2016 މޭ 22 ން ފެށިގެން 2016 ޖޫން 02 ދުވަހުގެ 13:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ފެށިގެން މެންދުރުފަހު 13:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.

މާލެއަތޮޅު ހިންމަފުށީ ކައުންސިލުގެ އިދާރާ

ރޯޝަނީމަގު / ކ. ހިންމަފުށި ، ދިވެހިރާއްޖެ

ޓެލެފޯނު ނަންބަރު: 6642024 ، ފެކްސް ނަންބަރު: 6642024

އީމެއިލް އެޑްރެސް: [email protected]

މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު މެދުވެރިކޮށް ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ކ. ހިންމަފުށީ ކައުންސިލުގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

މި ބިންތަކުގައި، އަމިއްލަ ޚަރަދުގައި ޓޫރިސްޓު ގެސްޓުހައުސްތައް ޢިމާރާތްކޮށް، އެ ޓޫރިސްޓު ގެސްޓުހައުސްތައް ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮވެގެންނުވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/5,000 (ފަސްހާސް) ރުފިޔާއަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭ ފައިސާއެއްނޫނެވެ.

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު، އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށްފަހު ހުށަހަޅާނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2016 ޖޫން 08  ވަނަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 2016 ޖޫން 20 ވަނަ ދުވަހުގެ 11:00 ގައި ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ބީލަންފޮތް ބައްލަވައިގަނެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            27 ރަޖަބު 1434

04 މޭ 2016
ހޯދާ