މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގައި ފަޅުގޮވާންކުރުމަށް ބިމާއި، ކުޅި ކުއްޔަށްދޫކުރުން

އިޢުލާން

ކެނދިކުޅުދޫގައި ފަޅުގޮވާންކުރުމާ ބެހޭ:

ވިޔަފާރި އުސޫލުން ނ. ކެނދިކުޅުދޫގައި ފަޅުގޮވާން (މެރިކަލްޗަރ) ވިޔަފާރި ކުރުމަށްޓަކައި އެ ވިޔަފާރިކުރުމަށް ބޭނުންވާ ބިމާއި ކުޅި، ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މި ކައުންސިލުގެ ފަރާތުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މައުލޫމާތު ސާފުކުރުމަށް މި އިދާރާއަށް ހާޒިރުވުމަށްފަހު، 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ބިޑް ހުށައެޅުމަށް މި އިދާރާއަށް ވަޑައިގަތުމަށް ދަންނަވަމެވެ.   

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 ޝަޢުބާން 1437

10 މޭ 2016
ހޯދާ