މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގުޅީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ކ.ގުޅީ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 މޭ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ކ.ގުޅީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 29 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ކ.ގުޅީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

04 ޝަޢުބާން 1437
11 މޭ 2016
ހޯދާ