މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ (އިންގްލިޝް/ ސެކަންޑަރީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޓީޗަރ (އިންގްލިޝް/ ސެކަންޑަރީ)  

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: މަޖީދިއްޔާ ސްކޫލް، މާލެ

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް، ޕްރައިމަރީ ކުލާސް                     

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:3

  1. މިނިސްޓްރީގެ ސިޔާސަތުތައް ސްކޫލުގައި ތަންފީޒުކުރުމަށް ޕްރިންސިޕަލަށް އެހީވެދިނުން.
  2. ޕްރިންސިޕަލް ނެތް ހާލަތެއްގައި، އޭނާގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.
  3. ކިޔަވައިދެމުންދަނީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލުވާ ގޮތަށްތޯ ބަލައި، ކިޔަވައިދިނުން ތަރައްޤީކުރުމަށް އިރުޝާދުދިނުން.
  4. ކިޔަވައިދޭ މާއްދާތަކުގެ ކޯޑިނޭޝަން މީޓިންތައް ރާވައި، އެކަން ކުރިއަށްގެންދާގޮތް ބަލަހައްޓައި، އަކަންކަމުގެ ރެކޯޑް ބެލެހެއްޓުން.
  5. ޓީޗަރުން ތައްޔާރުކުރާ ޕްލޭންތަކަކީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް ތައްޔާރުކުރެވޭ ލެސަން ޕްލޭނެއްތޯ ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޓިޗަރުންނަށް އެހީތެރިވެދިނުން.
  6. ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ޓީޗަރުން ކުރަންޖެހޭ ކަންކަން ދެނެގަނެ، ޓީޗަރުން ލައްވައި އެކަންކަން ކުރުވުމާއި، އެކަންކަން ކުރެވުމުންދާގޮތް ބަލައި މޮނިޓަކުރުން.
  7. ސުކޫލުގެ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.
  8. ދަރިވަރުނަށް ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
  9. ވަކިވަކި މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
  10. ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަން ދެނެގަނެ، ޓީޗަރުންނާއި، ބެލެނިވެރިންނާއި، ސްކޫލުގެ ވެރިންގެ ސަމާލުކަމަށް އެކަންކަން ގެނައުމާއި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ހިންގަންޖެހޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.
  11. ދަރިވަރުންގެ ކުރިއެރުމާ ބެހޭގޮތުން ބެލެނިވެރިންނާއި، ސްކޫލުގެ ވެރިންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.
  12. ކުލާހާއި ކުލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާ ގުޅުންހުރި ކަނތައްތައް ހިންގުމުގައި ސުކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.
  13. ރިލީފް ގަޑި ނެގުން.
  14. ސުކޫލުގައި ހިންގާ ކްލަބްގެ ހަރަކާތްތައް ވިލަރެސްކުރުން.
  15. ކިޔަވައިދިނުމާ ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ހާލަތުގައި، ސުކޫލުގެ ވެރިންގެ ލަފައާޔާއި އިރުޝާދުގެމަތިން އެފަދަ ކަންތައްތައް ކޯޑިނޭޓްކުރުން.
  16. ސުކޫލްގެ ފަރާތުން އިންތިޒާމްކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން.
  17. މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން.
  18. ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިއްޖެނަމަ، އެ މަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.
  19. ކޮންޓެކްޓް ގަޑީގެގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނެޓުގެ 6 ގަޑި ނުވަތަ 45 މިނެޓުގެ 5 ގަޑި ނަގައި، ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރުން.

މަޤާމުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، އަސާސީ ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:                              

މަޤާމުގެ

ނަން

މަޤާމުގެ

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ

ރޭންކް

އަސާސީ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،640 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،320 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،100 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

މަހަކު -/9،910 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9،850 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9،360 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/8،890 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-2

ކިޔަވައިދިނުމުގެ  ރޮނގުން  ނުވަތަ  ކިޔަވައިދޭ  މާއްދާއަކުން  ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

މަހަކު -/8،440 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/8،250 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7،840 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7،450 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-2

ކިޔަވައިދިނުމުގެ  ރޮނގުން  ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން.

މަހަކު -/7،070 ރުފިޔާ

މަހަކު -/2،500 ރުފިޔާ

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، ޓީޗަރެއްގެ މަޤާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.              

އިންޓަވިއު ކުރުން:

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ދެ ހަފްތާގެ ތެރޭގައި ބޭއްވޭނޭއެވެ.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓުން  ޑައުންލޯޑް  ކުރެވެން  ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ހުށަހަޅާނީ، މަޖީދިއްޔާ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު: 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަޖީދިއްޔާ ސްކޫލުގެ 3320341 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

4 ޝަޢުބާން 1437

11 މޭ 2016
ހޯދާ