މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:   

 އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓްސް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޖީދިއްޔާ ސްކޫލް

 

މަޤާމުގެ ޝަރުޠު:

1. އެސިސްޓެންޓް ފޯމަނެއްގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެސިސްޓެންޓް ފޯމަނަކަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ސްކޫލުގައި ކުރަން ހުންނަ މަރާމާތުފަދަ ކަންތައްތަކަށް އިޢުލާންކޮށް، މަސައްކަތްތަކުގެ މަޢުލޫމާތު އެއްކޮށް، އެޑްމިނިސްޓްރޭޓަރުގެ ލަފާގެމަތިން ގަޑިޖެހުމުގެ އެއްގަޑިއިރު ކުރިން ތަކެއްޗާއި ތަން ތައްޔާރުކުރުން.

2. އެކިއެކި ފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކާއި ކަންކަމުގެ އެގްރިމެންޓް ތައްޔާރުކޮށް، މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ކަންކަމުގެ އެންމެހައި ލިޔެކިއުންތައް ބަލަހައްޓައި، އަޕްޑޭޓް ކުރުން.

3. ކޮންމެ ދުވަހަކު އެއްފަހަރު ލޮގްކުރާފޮތް ޗެކްކޮށް، މައްސަލަތައް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅާ ލޮގްކުރެވޭ މަސައްކަތްތައް ނިންމުން.

4. ސްކޫލުގެ ސެކިއުރިޓީގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

5. މަސައްކަތު މީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލުން.

6. ސްކޫލުގެ މުހިންމު ޙަފްލާތަކަށް މަސައްކަތު މީހުންގެ އެހީތެރިކަމާއެކު ތައްޔާރުކުރުން.

7. ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި ފަންކާއާއި ފަރުނީޗަރުތަކުގެ ހާލަތުބަލައި މަރާމާތާ ގުޅޭ ކަންތައްތައް، ބަޖެޓް ސެކްޝަނާ ގުޅިގެން އެކަންތައްތައް ކުރުން.

8. ފާޚާނާތައް ޗެކްކޮށް، އެތަންތަނާބެހޭ އޮބްޒަވޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އެޑްމިނިސްޓްރޭޓަރާ ހަވާލުކުރުން.

މިވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ސުންގަޑި:

  • މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މަޖީދިއްޔާ ސްކޫލަށް ހުށަހެޅުން އެދެމެވެ.
  • މި  މަޤާމަށް  މީހުން  ހޮވުމަށް  ހަމަޖެހިފައިވަނީ  އިންޓަވިއު  ކުރުމަށްފަހުގައެވެ. އެހެންކަމުން،  އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، މަޖީދިއްޔާ ސްކޫލުގައެވެ.  
  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވުމަށްފަހު ހޮވޭ 15 ފަރާތަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ސްކޫލުގެ 3320341 ނަންބަރު ފޯނަށެވެ.

 4 ޝަޢުބާން 1437

11 މޭ 2016
ހޯދާ