ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއާކޯން ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އެއާކޯން ހަރުކުރުން

މި އިދާރާގައި 3 އެއަރކޯން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން މި އިދާރާއިން އެއަރކޯންގެ އިންޑޯ އަދި އައުޑޯ ޔުނިޓް ދިނުމުން އަމިއްލަ ތަކެތީގައި ހަރުކޮށްދެވިދާނެ ފަރާތްތަކުން 2016 މޭ 23 ވާ ހޯމަ ދުވަހުގެ 10.30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މޭ 25 ވާ ބުދަ ދުވަހުގެ 10.30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ގަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

27 ރަޖަބު 1437

04 މޭ 2016
ހޯދާ