ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޯޓިސްބޯޑެއް ހެދުމާއި ހިނަވާގެ ގޭޓުގައި 2 ބޮކި ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ނޯޓިސްބޯޑު ހެދުމާއި ހިނަވާގެ ގޭޓްގައި 2 ބޮކި ހަރުކުރުން

މި އިދާރާއިން ދައްކާ ކުރެހުމާ އެއްގޮތަށް ނޯޓިސްބޯޑެއް ހެދުމާއި ހިނަވާގެ ގޭޓުގައި 2 ބޮކި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 2016 މޭ 23 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މޭ 25 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ގަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ރަޖަބު  1437

04 މޭ 2016
ހޯދާ