މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ، އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ، އެސިސްޓެންޓް ސްޕަވައިޒަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް: މެއިންޓަނަންސް އޮފިސަރ

ޢަސާސީ މުސާރަ ރޭންޖް:          -/6600 ރ.

ސަރވިސް އެލަވަންސް:           -/1500 ރ.

އެހެނިހެން އެލަވަންސް/ އިނާޔަތް :     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:         މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން / އެމްޓީސީސީ ސޯމިލް

ޝަރުޠު:

ގްރޭޑް 10 ގެ ފެންވަރު ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 03 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން،

މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަސައްކަތް ކޯޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :   މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ޕްރޮޕަރޓީ ލިސްޓިންގގައި ހިމެނޭ ތަންތަނުގެ މެއިންޓެނަންސް މަސައްކަތް ބެލެހެއްޓުން އަދި މިކަންކަން ކޯޑިނޭޓްކުރުމާއި ޢަމަލީ ގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

 

މަޤާމު:                    އެސިސްޓަންޓް މެއިންޓެނަންސް އޮފިސަރ

ޢަސާސީ މުސާރަ ރޭންޖް:          -/5500 ރ.

ސަރވިސް އެލަވަންސް:           -/1000 ރ.

އެހެނިހެން އެލަވަންސް/އިނާޔަތް:      ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:        މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /

އެމްޓީސީސީ ސޯމިލް

ޝަރުޠު:

ގްރޭޑް 08 ގެ ފެންވަރު ނުވަތަ މިމަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 02 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން،

މިމަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަސައްކަތް ކޯޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :   މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންގެ ޕްރޮޕަރޓީ ލިސްޓިންގ ގައި ހިމެނޭ ތަންތަނުގެ މެއިންޓެނަންސް މަސައްކަތް ބެލެހެއްޓުން އަދި މިކަންކަން ކޯޑިނޭޓްކޮށް އަދި  އަމަލީ ގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

 

މަޤާމު:                     އެސިސްޓަންޓް ސުޕަރވައިޒަރ

ޢަސާސީ މުސާރަ ރޭންޖް:          -/5500 ރ.

ސަރވިސް އެލަވަންސް:           -/1000 ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:        މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން / އެމްޓީސީސީ ސޯމިލް

ޝަރުޠު:

ގްރޭޑް 08 ގެ ފެންވަރު

މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަސައްކަތް ކޯޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން                     

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ޕްރޮޕަރޓީ ލިސްޓިންގގައި ހިމެނޭ ތަންތަނުގެ މެއިންޓެނަންސް މަސައްކަތް ސުޕަރވައިޒްކުރުމާއި ކޯޑިނޭޓްކޮށް އަދި ހިނގަމުންދާގޮތް ބެލުން އަދި އެންމެހައި މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 19 ވަނަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލުކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ) ލިބެން ހުންނާނެއެވެ.

ފެކްސް ނަންބަރު: 3344924

އީމެއިލް:  [email protected]

ނޯޓު: ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.) މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

01 ޝަޢުބާން 1437

08 މޭ 2016
ހޯދާ