ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގއ.ކަނޑުހުދޫ ސުކޫލުގައި ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ:

ވިޔަފާރި އުސޫލުން, މި ސުކޫލުގައި ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS197-AB/IUL/2016/08 (04 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ސެކިއުރިޓީ ބަލަހައްޓަންޖެހޭ މުއްދަތު:  01 ޖޫން 2016 ން 31 ޑިސެންބަރު 2016 ގެ ނިޔަލަށް

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގއ. ކަނޑުހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސުކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ މިހާރު ޢަމަލުކުރެވެމުންދާ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގައިވާ ގޮތަށް އާމްދަނީ ހޯދުމަށް ކޮންޓްރެކްޓް އުސޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 13:00

2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:00

 

 

 

އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި އެހެން ބޭފުޅެއް ވަޑައިގަންނަވާނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް 7983078 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

2 ޝަޢުބާން 1437

09 މޭ 2016
ހޯދާ