އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްދޫ ހުދާ މިސްކިތުގައި އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުގެ ނަންބަރު: (IUL)340/340/2016/28 (17 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެ ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އއ. ރަސްދޫ ހުދާ މިސްކިތުގައި އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް އަލުން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 16 ވަނަ ދުވަހުގެ 12:20 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 22 ވަނަ ދުވަހުގެ 12:20 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

05 މޭ 2016
ހޯދާ