އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގައި ވޯކްވޭތަކެއް ހަދައި، ޕާކަށް ވެލިލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްދޫ ކުޑަކުދިންގެ ޕާކުގައި ވޯކްވޭތަކެއް ހަދައި ޕާކަށް ވެލިލުން:

މި ކައުންސިލްގެ ނަންބަރު: (IUL)340/340/2016/29  (17 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފާހަގަކުރެވޭތީ އެ އިޢުލާން ބާޠިލުކޮށް، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އއ. ރަސްދޫ ކުޑަކުދިންގެ ޕާކުގައި ވޯކްވޭތަކެއް ހަދައި، ޕާކަށް ދޮންވެލި ލައި އަދި ބައެއް ކުޅޭތަކެތި އިންސްޓޯލްކޮށްދޭނެ ފަރާތެއް އަލުން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 16 ވަނަ ދުވަހުގެ 12:00 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 22 ވަނަ ދުވަހުގެ 12:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

05 މޭ 2016
ހޯދާ