ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މި މަރުކަޒުގެ ވަށާފާރު ރާނައިދޭނެ ފާރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މި މަރުކަޒުގެ ނަންބަރު:(IUL)-L5HC/2016/04 (17 އެޕްރީލް 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅައިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތްތަކުގެ ތަފުސީލު:

ފ. ދަރަނބޫދޫ ސިއްޙީ މަރުކަޒުން ތައްޔާރުކޮށްފައިވާ ކުރެހުމާއި އެއްގޮތަށް ފ. ދަރަނބޫދޫ ސިއްޙީމަރުކަޒުގެ ވަށާފާރު ރޭނުން.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

މި މަސައްކަތްތައްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފ. ދަރަނބޫދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން:

މި މަސައްކަތްތައްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މެއި 22 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފ. ދަރަނބޫދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި މަރުކަޒުގެ ނަންބަރު 6740090 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.

26 ރަޖަބު 1437

03 މޭ 2016
ހޯދާ