ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ.ގަން މާހިންނަ ސަރަހައްދުގެ ސްވަރޭޖް ޑިސްޗާރޖް ޕަންޕް ސްޓޭޝަން ޤާއިމްކުރުމާއި އައުޓްފޯލް މަރާމާތު ކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އިޢުލާން

ލ.ގަން މާހިންނަ ސަރަހައްދުގެ ސްވަރޭޖް ޑިސްޗާރޖް ޕަންޕް ސްޓޭޝަން ޤާއިމުކުރުމާއި އައުޓްފޯލް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

މި ކުންފުނީގެ ލ.ގަން މާހިންނަ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ ސްވަރޭޖް ޑިސްޗާރޖް ޕަމްޕް ސްޓޭޝަން ފަރުމާކޮށް ޤާއިމުކުރުމާއި އަދި އައުޓްފޯލް ހޮޅި މަރާމާތުކުރުމުގެ މަސައްކަތް މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ލ.ގަން މާހިންނަ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ލ.ގަން މާހިންނަ ބްރާންޗަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

2 ޝަޢުބާން 1437

 

09 މޭ 2016
ހޯދާ