ދިވެހިރާއްޖެ
އިޢުލާން
2015 ވަނަ އަހަރުގެ ޝަރުޢީ ދާއިރާގެ ތަފާސްހިސާބު ފޮތް ޗާޕުކޮށް ދޭނެ ފަރާތެއް ހޯދުމާ ބެހޭ
މި ޑިޕާޓްމަންޓަށް، 2015 ވަނަ އަހަރުގެ ޝަރްޢީ ދާއިރާގެ ތަފާސްހިސާބު ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: 198-F/2016/49 އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާޓު ޝީޓުގައި މައްސަލަ ހުރުމާއެކު ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 މޭ 10 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006231 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 11 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
01 ޝަޢުބާން 1437