އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެއަރ ކޮންޑިޝަނަރ ހޯދުމަށް

އިޢުލާން

ވިލިމާލެ ހޮސްޕިޓަލަށް އެއަރކޮންޑިޝަން ސިސްޓަމް އަދި އެއަރ ކާޓެއިން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް 14 އޭޕްރީލް 2016 ކުރި ނަންބަރު 137–IU/PR/2016/ 70 އިޢުލާނަށް ސަޕްލަޔަރުންގެ ފަރާތުން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

 ކޮންފަރެންސް ހޯލް

12:00

11 މޭ 2016 (ބުދަ)

 މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސް ހޯލް 

11:00 

15 މޭ 2016 (އާދީއްތަ)

 އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

 

28 ރަޖަބަ 1437

05 މޭ 2016
ހޯދާ