ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް

       އިޢުލާނު

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ގުޅިގެން މި އަތޮޅު ދިއްދޫ އަދި އިހަވަންދޫގައި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ކޯހާ ގުޅޭ މަޢުލޫމާތު:

ކޯހުގެ ނަން

ސެޓްފިކެޓް3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

މުއްދަތު

15 ހަފުތާ

ކިޔެވުންފެށޭ ތާރީޚު

02 ޖޫން 2016

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު

ބައިވެރިވުމުގެ ޝަރުޠު

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އުމުރުން 18 އަހަރު ފުރި، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކޯސް ބާއްވާ ތަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަދި އިހަވަންދޫ ކައުންސިލްގެ އިދާރާ

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ

ހއ. އަތޮޅުގެ ރަށު ކައުންސިލްގެ އިދާރާތަކުންނާއި ހއ. އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ. އަދި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ

ހުށަހަޅަންވީ ތަނާއި ތާރީޚު

2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އިހަވަންދޫ ކައުންސިލްރެ އިދާރާއަށް

ހުށަހަޅަންޖެހޭ ތަކެތި

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ

އެކްރެޑިޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން

ކޯހުގައި ބައިވެރިވުމާ މެދު އިއުތިރާޒުނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

-/2500 ރުފިޔާ  (އެއްފަހަރާ ނުވަތަ ދެފަހަރެއްގެ މަތިން ދެއްކިދާނެ )

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާނެ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނނިންގ އިންސްޓިޓިއުޓުން

ވީމާ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ކޯހަށް ބައިވެރިން ހޮވުމުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި އިދާރީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދެންނެވީމެވެ.

26 ރަޖަބު 1437

03 މޭ 2016
ހޯދާ