ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ 2016 އަދި އާދައުރަކަށް ހިންގާކޮމިޓީ އިންތިޚާބުކުރުން

އިޢުލާން

އަހަރީ އާންމު ޖަލްސާ 2016 އަދި އާދައުރަކަށް ހިންގާކޮމިޓީ އިންތިޚާބުކުރުން:

27 އެޕްރީލް 2016 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ، 2016 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުމުގައި، މި އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އަދި އާދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް ބޭއްވޭ ޖަލްސާ ހެންވޭރު ބޯޅަގޭ ސެމިނަރ ރޫމުގައި، 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 10:00 ގައި ބޭއްވުމަށްވަނީ ނިިންމާފައެވެ.

މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މި އެސޯސިއޭޝަންގެ އެންމެހައި މެންބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، 26 ފެބުރުވަރީ 2016 ގައި މި އެސޯސިއޭޝަނުން ކޮށްފައިވާ އިޢުލާން ނަންބަރު:BAM/IUL/2016/06 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 2016 މާރިޗު 3 ވަނަ ދުވަހުގެ 16:00 އާ ހަމައަށް، 2016 ވަނަ އަހަރުގެ އަހަރީ ފީ ދައްކަވާފައިވާ މެންބަރުން، މެންބަރޝިޕް ކާޑާއި އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

މި ޖަލްސާގައި ކުލަބް އަދި ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ ފަރާތުން ބައިވެރިވެ، އެ ފަރާތްތައް ތަމުސީލުކޮށް، ވޯޓު ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު، އެސޯސިއޭޝަނުގެ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން، ޖަލްސާ ބޭއްވުމުގެ 48 (ސާޅިސް އަށެއް) ގަޑިއިރުކުރިން، މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މި އެސޯސިއޭޝަންގެ އިޢުލާން ނަންބަރު:BAM/IUL/2016/11 13 މާރިޗު 2016 އަދި އިޢުލާން ނަންބަރު: BAM/IUL/2016/15 09 އެޕްރީލް 2016 ގައިވާ ގޮތަށް ނަން ފޮނުއްވާފައިވާ ފަރާތްތަކުން، އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން، ޖަލްސާ ބޭއްވުމުގެ 24 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

ވީމާ މިކަން އެންމެހައި މެންބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

 

27 އޭޕްރިލް 2016
ހޯދާ