މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ އޮފިސަރ ، ލީގަލް ސަރވިސް (ލެވެލް 1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ އޮފިސަރ ، ރިސްކް ޕްރޮފައިލިންގ (ލެވެލް 1)
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީއަށް ތިރީގައިމިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

ސީނިއަރ އޮފިސަރ، ލީގަލް ސަރވިސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ލޯ ޑިވިޜަން / ލީގަލް ސަރވިސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/9،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން.

- ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން.

- ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީއަށް ބޭނުންވާ ޤާނޫނީ މަޝްވަރާދިނުމާއި، ޤާނޫނީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

މަޤާމް:

ސީނިއަރ އޮފިސަރ، ރިސްކް ޕްރޮފައިލިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ކޮމްޕްލަޔަންސް ޑިޕާޓްމަންޓް / ރިސްކް ޕްރޮފައިލިންގ ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/9،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން.

- ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން.

- ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކާ ފަރާތްތަކުގެ ރިސްކް ޕްރޮފައިލްތައް ހެދުމާއި، ލާޖް ޓެކްސްޕޭޔަރ އޮޑިޓް ސެކްޝަނާއި، އޮޑިޓް ޑިވިޜަނާއި، މައިކްރޯ ބިޒްނަސް އޮޑިޓް ސެކްޝަނާ މަޝްވަރާކޮށް، ޓެކުހާ ގުޅުންހުރި ރިސްކްތައް ދެނެގަނެ، ރިސްކް ކްރައިޓީރިއާތައް ކަނޑައެޅުމާއި، ކަނޑައެޅޭ މުއްދަތެއްގައި އޮޑިޓްކުރަންޖެހޭ ފަރާތްތައް ކަނޑައަޅައި ކަމާބެހޭ ސެކްޝަންތަކާ ހަވާލުކުރުމާއި، ޗެރިޓަބްލް އޮގަނައިޒޭޝަންތަކުން ހުށަހަޅާ އަހަރީ ރިޕޯޓްތައް ދިރާސާކޮށް، އެ ފަދަ ތަންތަނަކީ ޓެކްސް އެވޮއިޑްކުރުމަށް ނުވަތަ އިވޭޑްކުރުމަށް ބޭނުންކުރާ ތަންތަންތޯ ބަލައި އެ ތަންތަން މޮނިޓަރކުރުން.

މަޤާމުގެ ޝަރުޠު:

އެކައުންޓިންގ ނުވަތަ ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

އެހެނިހެން ޝަރުޠުތައް:

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއްކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއްކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކުކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއްކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ ތަޢުލީމް ނިންމިކަމުގެ ލިޔުންތަކާއި، މަތީ ސާނަވީ ތަޢުލީމް ނިންމިކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ.
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް/ ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)

އެހެނިހެން ޢިނާޔަތްތައް:

- މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް ހޮވާލެވޭ މުވައްޒަފުންތަކަކަށް މީރާގެ ސްޕޮންސަރޝިޕްގެ ދަށުން އޭ.ސީ.ސީ.އޭ ކިޔެވުމުގެ ފުރުޞަތު ހުޅުވައިލެވޭނެއެވެ.

- އޭ.ސީ.ސީ.އޭ މެންބަރު ނުވަތަ އެފިލިއޭޓް ލެވެލް ހާސިލުކޮށްފައިވާ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު:

- އެނުއަލް ސަބްސްކްރިޕްޝަން ފައިސާ ދައްކައިދިނުން.

- ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީ.ޕީ.ޑީ) ޓްރޭނިންގުގައި ބައިވެރިކޮށްދިނުން.

އިންޓަވިއު:

- މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ، ޝަރުޠު ހަމަވާ އަދި ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މި މަޤާމްތަކަށް މީހުން ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމުތަކަށް މީހުން ހޮވޭނީ، ތަޢުލީމީ ފެންވަރަށާއި، މަސައްކަތާ ގުޅޭ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި، އެންމެމަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު، ކުށުގެ އެއްވެސް ރިކޯޑެއް ނުވާނަމައެވެ.

ސުންގަޑި:

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 19 މޭ 2016 ގެ 17:00 ގެ ކުރިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އެޕްލިކޭޝަނާއި ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]

ވެބްސައިޓް: www.mira.gov.mv

28 ރަޖަބު 1437 

05 މޭ 2016
ހޯދާ