ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
ފަރުނީޗަރ ހޯދުމަށް

އިޢުލާން

ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

އއ. ބޮޑުފޮޅުދޫ މަދަރުސާގެ 6 ކުލާސްރޫމު ހިމެނޭ ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ކުރި GS149/2016/11 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ 3 ފަރާތުންކުރެ 2 ފަރާތުން ހުށަހަޅާފައިވާ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

އއ. ބޮޑުފޮޅުދޫ މަދަރުސާއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެ.

6 ވައިޓް ބޯޑް

6 ނޯޓިސް ބޯޑް (ފެބްރިކް)

6 ޓީޗާރސް މޭޒު

150 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)

6 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)

150 ސެކަންޑަރީ ޑެސްކު

6 ގަޑި (ފާރުގަ ބަހައްޓާ)

6 ޑަސްބިން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އއ. ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 މޭ 12 ވަނަ ދުވަހުގެ 13:00 އަށް

2016 މޭ 19 ވަނަ ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660841, ނަންބަރު ފޯނާއެވެ.

 

02 މޭ 2016
ހޯދާ