ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ އޮޕަރޭޝަންސް / ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް އޮޕަރޭޝަންސް

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ދެ ކޯހެއްގެ މަޢުލޫމާތެވެ. މި ދެ ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 8 މޭ 2016 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

1. ސެޓްފިކެޓް 3 އިން ހައުސްކީޕިންގ އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ދ.ކުޑަހުވަދޫ، ބްލޮކް މޯޑް

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި ގެސްޓުން ބޭތިއްބުމުގައި ގެންގުޅޭ ރީތި އުސޫލުތަކާއި މަސައްކަތުގެ ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ފަތުރުވެރި ކަމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

2 . ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް އޮޕަރޭޝަންސް   

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ދ.ކުޑަހުވަދޫ، ބްލޮކް މޯޑް

ތަޢާރުފު:

މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ތައުލީމަށް ދިއުމުގެ ފުރުސަތުތައް ތަނަވަސް ވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

03 މޭ 2016
ހޯދާ