ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (މެޑިސިން)

މަޤާމް :ލެކްޗަރަރ (މެޑިސިން)
ބޭނުންވާ އަދަދު :1

އިޢުލާން

 

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687/50 ރ

ސަރވިސް އެލަވަންސް:

މަހަކު 5,437/50ރ

އޮފީސް:

ފެކަލްޓީ އޮފް ހެލްތް ސައިންސަސް (ކ.މާލެ)

ގްރޭޑް:

7

ދާއިރާ:

މެޑިސިން :-

  • އެމް.ބީ.ބީ.އެސް ސެޓްފިކެޓެއް އޮތުން

ސްޕައިން ޕޮއިންޓް

40

މަގާމުގެ ޝަރުޠު:

މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ލިބިފައިވުން

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 2017 ޖަނަވަރީ 11 ގެ ނިޔަލަށް)

މަސްއޫލިއްޔަތު:

  • ފެކަލްޓީއިން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމާއި، ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.
  • ދަރިވަރުންގެ ޕްރެކްޓިކަލްތައް ސުޕަރވައިޒް ކުރުމާއި ފީލްޑް ވިޒިޓްތައް ކުރުން.
  • ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުން އަދި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން.
  • ކިޔަވައިދޭ މާއްދާތަކާގުޅޭ އިދާރީ މަސައްކަތްކުރުން އަދި ދަރިވަރުންގެ ކިޔެވުމާގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައް ކުރުން.
  • ދަރިވަރުންނާއެކު މަޝްވަރާ ބައްދަލުވުން ބޭއްވުން.
  • މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
  • މަރުކަޒު އަދި ޑިޕާޓްމެންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން.
  • ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ ޙަރަކާތްތަކުގައި ބައިވެރިވުން.
  • ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި ހަރުދަނާ އެކަޑެމިކް ސްޓޭންޑަރޑްތައް ތަނުގައި ޤާއިމްކުރުމަށް އިސްނަގައިގެން މަސައްކަތްތައް ކުރުން.
  • ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އައު ތަޢުލީމީ ސިޔާސަތުތައް ހުށަހަޅައި، ފާސްކޮށް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވުން.
  • ތަނާގުޅޭ ރިސާރޗް ޙަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތް ޢަަމަލީ ގޮތުން ކުރުންް.
  • އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމު ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.
  • އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙު ކުރުން.
  • ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތް ކުރުން.
  • ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  • ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.
  • މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން މަޤާމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢްލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

 

05 މޭ 2016
ހޯދާ