މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް 50kVA 4 ޕޯލް 3 ފޭސް ސައުންޑް ޕްރޫފް ޖެނެރޭޓަރެއް ފޯރުކޮށްދިނުމާއި ގުޅޭ

އިޢުލާން

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ވޭސްޓް މެނޭޖް ކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ރަށްރަށުގައި ހިންގާ "ސާފު ރާއްޖެ ޒޯން 6 އަދި 7 ގައި ހިންގާ ސަރަޙައްދީ ވޭސްޓް ޓު އެނަރޖީ މަޝްރޫޢު" ގެ ދަށުން، ހުވަދު އަތޮޅު، ފުވައްމުލައް އަދި އައްޑު ސިޓީގެ ރަށްތައް ހިމެނޭ ގޮތަށް ސަރަޙައްދީ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު ވަނީ ފަށާފައެވެ.

ވީމާ ސާފު ރާއްޖެ ޒޯން 6 އަދި 7 ގައި ހިންގާ ސަރަޙައްދީ ވޭސްޓް ޓު އެނަރޖީ މަޝްރޫޢުގެ ދަށުން ޏ.ފުވައްމުލަކުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް 50kVA 4 ޕޯލް 3 ފޭސް ސައުންޑް ޕްރޫފް ޖެނެރޭޓަރެއް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓްގެ ތަފުސީލު މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • ޏ.ފުވައްމުލަކުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް 50kVA 4 ޕޯލް 3 ފޭސް ސައުންޑް ޕްރޫފް ޖެނެރޭޓަރެއް ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ނުވަތަ އެހެނިހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. ފާއިތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ،ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު (ޖުމުލަ 60 ޕޮއިންޓް)
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު (ޖުމުލަ 20 ޕޮއިންޓް)
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. (ޖުމުލަ 20 ޕޮއިންޓް)

އަންދާސީހިސާބު އެޑްރެސް ކުރަންވީ ފަރާތް

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ޏ.ފުވައްމުލަކުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް 50kVA 4 ޕޯލް 3 ފޭސް ސައުންޑް ޕްރޫފް ޖެނެރޭޓަރެއް ފޯރުކޮށްދިނުމާ ބެހޭ އިޢުލާނު ނަންބަރު: (IUL)438-RDS/1/2016/47 

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 މޭ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2016 މޭ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. (www.environment.gov.mv)  އަދި މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެސްތަކަށް އީ-މެއިލްގެ ޒަރީޢާއިން ސުވާލުތައް ފޮނުވުމުން ޖަވާބު ލިބޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެވޭނީ 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ. އޭގެ ފަހުން ފޮނުވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ (20392)، ދިވެހިރާއްޖެ.

އީމެއިލް:  [email protected] , [email protected]

ވެބްސައިޓް: www.environment.gov.mv

05 މޭ 2016
ހޯދާ